އދ. ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކަމައްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ މަސައްކަތް ފަށްޓަވައި ދެއްވީ، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު އަދި އެމްޓީސީސީ ސީއީއޯ އަހުމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން ގިރާ ސަރަހައްދުގައި 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓަކާއި، 127 މީޓަރުގެ ބޮޑު ހިލަ ރިވެޓްމެންޓަކާއި 15 މީޓަރުގެ ގްރޯއިންގެ އިތުރުން ގޮޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
އދ. ދިގުރަށް ގޮޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 12.8 ރުފިޔާއަށެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި، ނިންމާ ގޮތަށެވެ.