ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.
އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނުތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޚިދުމަތް މިއަދާ ހަމަޔަށް ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވާ އެންމެހާ ޚިދުމަތްތެރީންނަށް ޝުކުރާއި މަރްޙަބާ ދަންނަވާކަމަށެވެ. އަދި އެދެނީ ދިވެހިވަންތަ ރީތި ސިފަތަކާއި މި ވެށީގެ ޗާލުކަމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވެ، އިތުރު ތަރައްޤީއާއި ތިޔާގިކަން ޤައުމަށް ލިބެމުން ދިއުންކަމަށެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނުތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޚިދުމަތް މިއަދާ ހަމަޔަށް ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވި އެންމެހާ ޚިދުމަތްތެރީންނަށް ޝުކުރާއި މަރްޙަބާ ތަކުރާރުކުރަން.
— First Lady Sajidha Mohamed (@sajidhaamohamed) October 3, 2025
އަޅުގަނޑު އެދެނީ ދިވެހިވަންތަ ރީތި ސިފަތަކާއި މި ވެށީގެ… pic.twitter.com/0haHvAGYPD
ރާއްޖޭގައި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ، ރާއްޖޭގެ އިޤްތިޞާދީ މައި ސިނާޢަތް، ފަތުވެރިކަން މިހާހިސާބަށް ގެނައުމުގައި ދިވެހިން ކޮށްފަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމަށެވެ.
މި ދުވަސް ރާއްޖޭގަ ފާހަގަކުރަން ފެށީ 2021ވަނަ އަހަރުއެވެ.