ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ރޮއެ ކަރުނަ އަޅަމުންދަނީ ހައިހޫނުކަން ފިލުވައިދޭނެ އެހީގެ އަތްތަކަކަށް އެދިއެވެ. އަނިޔާވެރި ޙަމަލާތަކުން ފުރާނަ ސަލާމަތްކޮށްދޭނެ މަދަދެއް ލިބޭތޯއެވެ. ބަނޑަށްޖެހިފައިވާ ކުޑަކުދިންނާއި މުސްކުޅިން އަދި ހަރުމީހުންނާއި ޒުވާނުން ކޮޅުކޮޅުމައްޗަށް ދުވަނީ ކާނެ އެއްޗެއް ނޫނީ އުނުއޮރިޔާން ނިވާކުރާނެ އަންނައުނުކޮޅެއް ލިބޭތޯއެވެ. ނަމަވެސް ދުނިޔެވަނީ މިކަމަށް ނުކުޅެދިފައެވެ.
@psmnewsmv ފްލޮޓިއްލާ ޣައްޒާއަށް - ނުރައްކާތެރި ދަތުރުގައި ދިވެހީންގެ ފަރާތުން ހިތްވަރުގަދަ ދިވެއްސެއް! #FreeGaza #FreePalestineNow #StopGazaGenocideNOW #GlobalSumudFlotilla ♬ original sound - psmnewsmv
އެހީތެރިވެދޭން ބޭނުންވާ ޤައުމުތަކަށްވެސް، ޖަމާޢަތްތަކަށްވެސް ޣައްޒާގެ ރައްޔިތުންނާ ހަމަޔަށް ދެވޭނެ ގޮތެއް ނެތެވެ. ކަނޑުމަގުން އެހީގެ ސާމާނު ގެންދިޔުމަކީވެސް ޔަހޫދީ އަނިޔާވެރި ދައުލަތުން ފުރުސަތުދޭކަމެއް ނޫނެވެ. އެހެންނަމަވެސް ކަނޑުމަގުންގޮސް ޣައްޒާގެ ޙިޞާރު ފޫއަޅުވާލުމަށް ގްލޯބަލް ފްލޮޓިއްލާއިން ފަށާފައިވާ ދަތުރަކީ އެއީ ނުރައްކަލުން ފުރިގެންވީ މަގެކެވެ. އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ރާޑަރަށް ނާރައި ޢައްޒާއަށް އެތެރެ ވުމަކީ ނާދިރުކަމެކެވެ.
ފްލޮޓިއްލާގެ އުޅަނދުފަހަރާއި އޭގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިޓަލީވިލާތާއި ސްޕެއިންގެ އަސްކަރީ މަނަވަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ފްލޮޓިއްލާ ދަތުރު ކުރަމުންދާ ސަރަޙައްދުގައި ތުރުކީވިލާތުގެ އަސްކަރީ ޑްރޯންތަކެއް ވެސް ދަނީ… pic.twitter.com/XSSoOeONIH
— PSM News (@psmnewsmv) October 1, 2025
މި ބިރުވެރި ދަތުރައިގެން "ގްލޯބަލް ސުމޫދް ފްލޮޓީލާ"ގެ ބޯޓުތައް މަޑުމަޑުން ފަލަސްޠީނުގެ ޣައްޒާއާ ކައިރިއަށް އެބަ ދަތުރުކުރެއެވެ. ހިތްވަރުގަދަ ނެވިންނާއި ފަޅުވެރިންނާއި އިންސާނީ އެހީގެ ސާމާނުތަކާ ހަވާލުވެގެން ތިބި ހަވާލުދާރުން "ގްލޯބަލް ސުމޫދް ފްލޮޓީލާ"ގެ ބޯޓުތަކުގެ އެތެރޭގައި އެބަ ތިއްބެވެ. މި ބޯޓުތަކުގައި ދިވެހި ލޭހިނގާ ދިވެހި ދަރިއަކު އެބަ ހިމެނެއެވެ. އެއީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒްއެވެ.
ތޫނިސްގެ ގަމާތު ޕޯޓުން ނައްޓާލައިގެން ފްލޮޓިއްލާގެ އިތުރު ބޯޓުތަކާ އެކީގައި ޝާޒް ދަތުރުކުރާ ބޯޓު ވަނީ ދަތުރު ފަށާފައެވެ. ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ހިފައިން ނުރައްކާތެރި ދަތުރެއް ކުރަމުން އަންނަ ޝާޒް ވަނީ އެ ބޯޓުތެރޭގައި ހުރެ ވީޑިޔޯ މެސެޖެއް ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ. ޝާޒްގެ ވީޑިޔޯ މެސެޖުގައި ބުނިގޮތުން މިއީ ވަރަށްވެސް ހައްސާސްކަން އެކުލެވޭ ދަތުރެކެވެ. މި ދަތުރުގައި އޮތީ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ނުރައްކާތެރި ހަމާލާއަކާ ކުރިމަތިވުމެވެ. ނުވަތަ އެމީހުންގެ ރާޑަރުތަކުން ސަލާމަތްވެ އެހީގެ ސާމާނުތަކައިގެން ފަލަސްޠީނުގެ ޣައްޒާއަށް އެތެރެވުމެވެ. މިގޮތަށް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީގެ ސާމާނާއެކު ދަތުރު ކުރާ ބޯޓުފަހަރަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން އަރާ މީހުން ރަހީނުކޮށް ހަދައެވެ.
ޝާޒްގެ ވާހަކައިން ހާމަވީ މިވަގުތަށް އަދި އެފަދަ ނުރައްކަލެއް ކުރިމަތި ނުވެ ޣައްޒާއާ ގާތްވަމުންދާކަމެވެ. ނަމަވެސް ދަތުރުމަތީގައި ކުރިއަށްހުރި ވަގުތުތަކުގައި ކަންތައް ވާނެ ގޮތެއް ޚުދު ޝާޒްއަކަަށްވެސް ނޭނގެއެވެ. ޝާޒްގެ މި ދަތުރަކީ ދިވެހިންގެ މަސައްކަތުން ހޯދާފައިވާ އެހީގެ ސާމާނުތައް ހިފައިން ކުރާ ދަތުރެކެވެ. އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކަށް ފަސްޖެހުމެއްނެތި ޝާޒް އެ ނުކުތީ ދިވެހިން ހެޔޮ ހިތުން ފަލަސްޠީނުގެ ރައްޔިތުންނަށް ދިން އެހީގެ ސާމާނުތައް އަމާނާތްތެރިކަމާއެކު އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށެވެ.
ޝާޒް ކުރަމުން އަން ދަތުރުގެ އަދާހަމަކުރުންތައް ކޮންމެ ދުވަހަކުވެސް އޭނާ އެބަ ހިއްސާކުރެއެވެ. މީސްމީޑިޔާގެ މަންސަތަކުގައި ޝާޒް ކޮންމެ ދުވަހަކު ހިއްސާ ކުރާ ވީޑިޔޯތަކަށް އާންމުން އަންނަނީ ޝުކުރުވެރިކަމުގެ ކޮމެންޓުތައް ކުރަމުންނެވެ.
ދިވެހިންނަކީ ފަލަސްޠީނުގެ ހައްގުގައި ފަރުދީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރާ ބައެކެވެ. ފަންޑްރައިޒިންގ އިވެންޓުތަކާއި ފައިސާއާއި ކާބޯތަކެތި ފަލަސްޠީނު ރައްޔިތުންނަށް ހޯދައި ދިނުމަށް ކެމްޕެއިންތައް އަބަދުވެސް ދިވެހިން ބާއްވައެވެ.
މިއީ ދިވެހި ރައްޔިތުންގެ ހިތުގައި ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާމެދު އޮންނަ ލޯތްބެވެ. މި ލޯބި ހިފައިގެން ނުރައްކާތެރި ދަތުރެއް ކުރަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒްއަށް ދިވެހިންގެ ހިފެހެއްޓުމެއް ނެތް ލޯތްބާ ތަޢުރީފު މީސްމީޑިޔާއަށް ދަނީ އޮއްސަމުންނެވެ.
ކެތްތެރިކަމެއްނެތި ދިވެހިން ނުތަނަވަސް ހިތަކައިގެން އިންތިޒާރު ކުރަމުން އަންނަނީ "ސަލާމަތް ދަތުރަކައިގެން ފަލަސްޠީނުގެ ޣައްޒާއަށް ވަދެވިއްޖެ" ކަމަށް ބުނެ ޝާޒް ހިއްސާ ކުރާނެ ވީޑިޔޯއަކަށެވެ.