ޚަބަރު

އެމިރޭޓްސްގެ ފްލައިޓެއް އިމަރޖެންސީކޮށް ޖައްސައިފި


އެމިރޭޓްސްގެ ފްލައިޓެއް އިމަރޖެންސީކޮށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސައިފިއެވެ.

އައިއެންއައިއޭއިން ފުރައިގެން މިރޭ ދުބާއީއަށް ދަތުރުކުރި މިބޯޓް ފުރިތާ 10 ވަރަކަށް މިނިޓްގެ ތެރޭގައި އަނބުރާ އައިސް ޖެއްސީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ. މި ބޯޓް އިމަރޖެންސީގައި އެއަރޕޯޓްގައި ޖެއްސި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި ބޯޓުން ދަތުރުކުރި އެންމެން ބޭލުމަށްފަހު ބޯޓް މިހާރު ޓޯކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިބޯޓުން ފަޅުވެރިންނާއެކު 362 މީހުން ދަތުރުކުރިއެވެ. މިކަމާގުޅިގެން އެއަރޕޯޓް ކުއްލި ޙާލަތަކަށް ގެނެވުނު ނަމަވެސް މިހާރު ޢާއްމު ޙާލަތަށް ބަދަލުވެ އެހެނިހެން ފްލައިޓްތަކުގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.