ޚަބަރު

ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި


  • މި މަޝްރޫޢަށް 44.68 މިލިއަން ރުފިޔާ ޚަރަދުވޭ

  • އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 380 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް

ހދ. ނޮޅިވަރަންފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރައްވައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ،ު އަޙުމަދު ސަޢުދީއެވެ.

މި މަޝްރޫޢުގެ ދަށުން 64,992.47 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއ،ި 189 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއ،ި 161 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 65 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓް މަސައްކަތާއ،ި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

44.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 380 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

2000 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަންފަރު ރައްޔިތުން އާމްދަނީ ހޯދުމަށް ޢާއްމުގޮތެއްގައި ކޮށްއުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ. ބަނދަރު ތަރައްޤީވެ ފަޅުގައި ޖާގަ ތަނަވަސްވެގެން ދިޔުމަކީ ނޮޅިވަރަންފަރުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. އެހެންކަމުން މިމަޝްރޫޢުގެ މަސައްކަތް ނިމުމާއެކ،ު ރަށުގެ އޮޑިދޯނިފަހަރާއި، ލޯންޗު ފަހަރާއި ޑިންގީ އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބުމާއެކު ރައްޔިތުންގެ މި އުންމީދު ހާސިލްވެ ލަފާފުރުމުގެ ދަތިތަކަމަށްވެސް ހައްލު ލިބިގެންދާނެއެވެ.