ތަރައްްޤީ

ފަރެސްމާތޮޑާ ސަރަޙައްދުގައި ހަދާ އެއަރޕޯޓްގެ ސަރވޭ މަސައްކަތް


ގދ. އަތޮޅުގައި ހަދާ 3 ތިންވަނަ އެއަރޕޯޓް ހެދުމަށް ގދ. ފިޔޯރީއާއި ފަރެސްމާތޮޑާގައި ސާރވޭ ކުރުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

އެގޮތުން ޗައިނާގެ އެއިރޯ ސްޕޭސް ސައިންސް އެންޑް އިންޑަސްޓްރީގެ ޓީމެއް މިހާރު ދަނީ ގދ. ފިޔޯރީގައި ޙަރަކާތްތެރިވަމުންނެވެ. މި ޓީމުން މަޢުލޫމާތުދޭގޮތުގައި މިހާރު ކުރިއަށްދަނީ ސާރވޭކުރުމަށް ބޭނުންވާ މިންތައް ޖެހުމުގެ މަސައްކަތެވެ. މިއަދު ފިޔޯރީގައި ސާރވޭކޮށް ނިންމުމަށްފަހު މާދަމާ ސާރވޭޓީމް ފަރެސްމާތޮޑާގައި ސާރވޭ ފަށާނެކަމަށް އެޓީމުން ބުނެއެވެ. މި ސަރަޙައްދުގައި އެޅުމަށް ހެދުމަށް ހަމަޖެހިފައިވަނީ 150 މީޓަރުގެ ފުޅާ އަދި 12،000 މީޓަރުގެ ރަންވޭއެކެވެ. img:http://s4.psmnews.mv/images/660x400/14704084885985.jpg|ގދ. އަތޮޅުގައި އެއަރޕޯޓް އެޅުމަށް ސަރވޭ ކުރުން - ފޮޓޯ: ފިޔޯރީ ކައުންސިލް

މި އެއަރޕޯޓް ތަރައްޤީކުރުމަށް ކުރުމަށް ކުރަންޖެހޭ ހުރިހާ ސާރވާތަކެއް ނިންމުމަށްފަހު ސާރވޭ ރިޕޯޓް އަންނަ ހަފްތާތެރޭގައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް އެއިރޯސްޕޭސް ކުންފުނިން ބުނެއެވެ. މި ރިޕޯޓަށް ބެލުމަށްފަހު ފިޔޯރީއާއި ފަރެސްމާތޮޑާ މި ދެރަށުން ކުރެ ރަށެއްގައި އެއަރޕޯޓެއް ހެއްދެވުމަށް ނިންމަވާނެކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ. އަދި އެއަރޕޯޓް ހެއްދެވުމަށް ބިން ހިއްކަވަން ޖެހިއްޖެނަމަ އެކަން ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވާ ކަމަށް ފިޔޯރީ ކައުސިލްގެ ރައީސް މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ. ސާރވޭ ޓީމަށް ފިޔޯރީއިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. img:http://s1.psmnews.mv/images/660x400/14704085050414.jpg|ގދ. އަތޮޅުގައި އެއަރޕޯޓް އެޅުމަށް ސަރވޭ ކުރުން - ފޮޓޯ: ފިޔޯރީ ކައުންސިލް