އަތޮޅުތައް

ހިންމަފުށީ ޔޫތް ސެންޓަރު ވަރަށް އަވަހަށް ހުޅުވޭނެ - ކައުންސިލު


ހިންމަފުށީ ޔޫތް ސެންޓަރުގެ ޚިދުމަތް އެރަށު ޒުވާނުންނަށް ވަރަށް ކައިރި މުސްތަޤްބަލެއްގައި ލިބެން ފަށާނެ ކަމަށް ހިންމަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހިންމަފުށީ ކައުންސިލުގެ ޢިމާރާތެއް މަރާމާތު ކުރެއްވުމަށްފަހު އެތަނުގައި ޔޫތް ސެންޓަރުގެ ޢިމާރާތްކުރުމުގެ މަސައްކަތްތައް ނިމި، އެތަނަށް ބޭނުންވާ ކުޅިވަރު ސާމާނާއި އެހެނިގެން ވަޞީލަތްތައް ހޯއްދެވުމަށް ޔޫތް މިނިސްޓްރީން މިހާރު ބިޑުކުރުމުގެ މަރުޙަލާ ނިންމަވާފައިވާ ކަމަށާއި، އެތަކެތިވެސް ވަރަށް އަވަހަށް ލިބޭނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ހިންމަފުށީ ކައުންސިލް މެންބަރު ޙަސަން ފާއިޒު ވިދާޅުވީ ހިންމަފުށީ ޔޫތް ސެންޓަރު ހުޅުވޭއިރު އެތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.