އދ.މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މާމިގިލި ކައިރިއަށް ފީނަން ދިޔަ 4 ކުދިން ހިމެނޭ ގްރޫޕެއްގައި ހިމެނޭ 15 އަހަރުގެ ފިރިހެން ކުއްޖެއް ގެއްލިގެން މިރޭ 7:00 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްދާކަމަށެވެ.