ތަރައްްޤީ

މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި


51 ވަނަ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވަވައިފިއެވެ. 

ރަސްމީ ބޯޅަދަނޑުގައި ބޭއްވެވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ސިފައިންގެ ޝަރަފުގެ ހިނގާލުމުން ފެށުނު މި ރަސްމިއްޔާތުގައި އެމްއެންޑީއެފާއި، ކެޑޭޓް ކޯގެ ބޭންޑުގެ ޙަރަކާތްތަކާއި ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފެނިގެންދިޔައެވެ. އޭގެ ތެރޭގައި 9 ސްކޫލަކުން 600 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދިޔަ އައިޓަމެއް ހިމެނެއެވެ. އަދި 120 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ބޮޑުބެރުގެ އައިޓަމަކީވެސް ގިނަ ބައެއްގެ ތަރުޙީބު ލިބިގެންދިޔަ ހަރަކާތެކެވެ. 

img:http://s4.psmnews.mv/images/660x400/14699889888639.jpg|ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިވަނީ ޤައުމީ ޖޯޝުން ފުރިގެންވާ ލަވަތަކެއް ހުށަހަޅާދީފައެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ބައިވެެރިވެވަޑައިގަތެވެ. މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ބޭރުގެ އިއްޒަތްތެރިންވެސް ރޭގެ ރަސްމިއްޔާތަށް ވަޑައިގަތެވެ. އަދި ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިންވެސް ވަނީ މިނިވަންދުވަހުގެ ހަރަކާތްތައް ބަލާލުމަށް ގަލޮޅު ދަނޑަށް ގޮސްފައެވެ.