ޚަބަރު

15 އަހަރުން ދަށުގެ ހައި ޖަމްޕް އިވެންޓުގެ އެއްވަނަ މިލަންދޫ ސްކޫލުގެ ނަސީހަށް


ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ހައި ޖަމްޕް އިވެންޓުގެ އެއްވަނަ މިލަންދޫ ސްކޫލްގެ އިބްރާހީމް ނަސީހު އަލީ ހޯދައިފިއެވެ.

މި އިވެންޓުން ނަސީހު އެއްވަނަ ހޯދީ 1.52 މީޓަރު އުހަށް ފުންމައިގެންނެވެ. ދެވަނަ ހޯދީ 1.42 މީޓަރު އުހަށް ފުންމައިގެން ޖަލާލުއްދީން ސުކޫލުގެ މުހައްމަދު ޖޫދު ހަމްމާމްއެވެ. ތިންވަނަ ހޯދީ 1.39 މީޓަރު އުހަށް ފުންމި އަފީފުއްދީން ސުކޫލުގެ އަރުޝަހު އަހުމަދު ވަހީދެވެ.

20 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އިވެންޓުން އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު ޝައިހާ އަސްލަމެވެ. އޭނާ ވަނީ 3.60 މީޓަރު ދުރަށް ފުންމާފައެވެ. ދެވަނަ ހޯދީ 3.38 މީޓަރު ދުރަށް ފުންމި ހަނިމާދޫ ސުކޫލުގެ އައިޝަތު ލީނާއެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ އާލާ އާކި ޞަކީލްއެވެ.

20 އަހަރުން ދަށުގެ ޑިސްކަސް އިން އެއްވަނަ ހޯދީ މިލަންދޫ ސުކޫލުގެ ހުސެއިން ރައިސާންއެވެ. ދެވަނަ ހޯދީ މިލަނދޫ ސުކޫލުގެ މުހައްމަދު މައިސާން މަންސޫރެވެ. ތިންވަނަ ހޯދީ މުހައްމަދު ޔާސީން އަބުދުއްރަހީމްއެވެ.

13 އަހަރުން ދަށު އަންހެން ކުދިންގެ ޝޮޓްޕުޓް އިވެންޓުން އެއްވަނަ ހޯދީ ނައިވާދޫ ސުކޫލުގެ އައިނާ އިބްރާހިމް ޒުހެއިރުއެވެ. ދެވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އައިމިނަތު އީޝާ އަހުމަދެވެ. ތިންވަނަ ހޯދީ ނައިވާދޫ ސުކޫލުގެ ސިޔާނާ އަހުމަދު ޒިޔާދެވެ.