އީރާނަށް ޔަހޫދީން ދޭން ފަށާފައިވާ ޙަމަލާތަކުގައި އީރަނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީ ޝަހީދު ކޮށްލައިފިއެވެ.
ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔަހޫދީން ދޭން ފެށި ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަމުން ދަނީ އީރަނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އެ ޙަމަލާތަކުގައި އިންޤިލާބީ ފައުޖުގެ މައި އިދާރާއަށް ވެސް ވަނީ ގެއްލުން ދީފައެވެ.
އެނގިފައިވާ ގޮތުގައި ޙުސައިން ސަލާމީގެ އިތުރުން އީރާނުގެ އިސް ނިއުކްލިޔަރ ސައިންޓިސްޓުން ކަމަށްވާ ފެރޭދޫން ޢައްބާސީ ދަވާނީއާއި މުޙައްމަދު މަޙްދީ ތެހްރާންޗީ ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.