ޚަބަރު

އޭޕްރީލްމަހު އިމްޕޯޓް އެކްސްޕޯޓުން 379 މިލިޔަން ރުފިޔާ؛ މިއީ މާޗުމަހާއި އަޅާބަލާއިރު އިތުރުވުމެއް


  • އޭޕްރިލްމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދާ

  • އޭޕްރީލްމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 292 މިލިޔަން ރުފިޔާގެ މުދާ

މިދިޔަ އޭޕްރީލްމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މޭމަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ވަނީ 379 މިލިޔަން ރުފިޔާ ލިބިފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާއި އަޅާބަލާއިރު އޭޕްރީލް މަހު އިމްޕޯޓް، އެކްސްޕޯޓް އަދި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދަލެވެ. މެއި މަހު މި އަދަދު ހުރީ 4.4 ބިލިޔަން ރުފިޔާގެ މުދަލެވެ.

އޭޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ އެކިއެކި ބާވަތްތަކެވެ. އެގޮތުން 1016 މިލިޔަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. 2 ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ އެކިއެކި ބާވަތްތަކެވެ. އެއީ ޖުމްލަ 905 މިލިޔަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެެރެކޮށްފައިވާ ޤައުމުތައް:

  • ޔޫއޭއީ: 1333 މިލިޔަން ރުފިޔާގެ މުދާ
  • އިންޑިއާ: 735 މިލިޔަން ރުފިޔާގެ މުދާ
  • ޗައިނާ: 472 މިލިޔަން ރުފިޔާގެ މުދާ
  • ސިންގަޕޫރު: 425 މިލިޔަން ރުފިޔާގެ މުދާ
  • މެލޭޝިއާ: 261 މިލިޔަން ރުފިޔާގެ މުދާ


އެކްސްޕޯޓަށް ބަލާލާއިރު އޭޕްރީލްމަހު ރާއްޖެއިން 292 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އޭގެ ކުރީމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 204 މިލިޔަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 88 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު އޭޕްރިލްމަހު އާމްދަނީ ހުރީ 379 މިލިޔަން ރުފިޔާގައެވެ. މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބިފައިވަނީ 350 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 29 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. ތައިލެންޑަށް ވަނީ 186 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ.