ޚަބަރު

ޗެލްސީގެ ޑިފެންޑަރ ޗަލޮބާ އިޓަލީގެ ކޯމޯ އަށް


ޗެލްސީގެ ޑިފެންޑާރ ޓްރެވާ ޗަލޮބާ އިޓަލީގެ ކޯމޯއަށް ވިއްކާލުމަށް ދެ ކްލަބުން އެއްބަސްވެއްޖެ އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުން ފުރުސަތު ހޯދާފައިވާ ކޯމޯ އަށް އުމުރުން 27 އަހަރުގެ ޑިފެންޑަރ ގެންދަނީ 30 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ޗަލޮބާ ވިއްކާލުމާއިއެކު ޗެލްސީ އަށް 25.7 މިލިއަން ޕައުންޑް ފުރަތަމަ ލިބިގެންދާއިރު 5.1 މިލިއަން ޕައުންޑް އެޑްއޮންގެ ގޮތުގައި ފަހުން ލިބޭނެއެވެ. މިދިޔަ ޖޫން މަހުން ފެށިގެން ކޯމޯ އިން ވަނީ ޗަލޮބާ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ކުރިން ޗެލްސީ އާއި އާސެނަލް އަށްވެސް ކުޅެފައިވާ ސެސް ފެބްރިގާސްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ކޯމޯ އިން ޗަލޮބާ ގެންދަން ނިންމާފައިވާއިރު, އޭނާ އަކީ ފާއިތުވެދިޔަ 20 އަހަރު ދުވަހު ޗެލްސީގެ ކުޅުންތެރިއެކެވެ. ޗަލޮބާ ޗެލްސީގެ އެކަޑަމީ އާއި ގުޅިފައިވަނީ އުމުރުން އެންމެ 7 އަހަރުގައެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޗެލްސީ ވަރުގަދަ ކުރަމުންދާއިރު ކޯޗު ޝަބީ އަލޮންސޯ ވަނީ އެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އަދި ފަހަތަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް މިވަގުތުވެސް ޓީމުގައި ތިބުމާޢިއެކު އިތުރު ދެ ކުޅުންތެރިއަކު ޓީމުން ދޫކޮށްލާނެކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ.