ކުޅިވަރު

ވެލެންސިޔާ އަދި ބީޖީގެ ކުރިމަތިލުން ހަމަހަމަ


އުރީދޫ ދިވެހި ޕްރިމިއަރ ލީގްގައި ކްލަބް ވެލެންސިޔާ އަދިބީޖީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ. 

ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ބީޖީ އަދި ވެލެންސިޔާ ވާދަކުރި މެޗް އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ގޯލާ އަމާޒުކޮށް މެޗުގައިވެލެންސިޔާއިން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ބީޖީންވެސްވަނީ މިއަދުގެ މެޗުގައިމޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީބީޖީގެ އިބްރާހިމް ޝިޔާމް. ދެވަނަ ހާފްގެ ފަހުކޮޅު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީގޯލްގެ ދަނޑިއަށެވެ. 

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބީޖީ ސްޕޯޓްސްގެ ހަނީފް ސާގިބެވެ. 

މި މެޗުން ލިބުނު ޕޮއިންޓާއިއެކު ވެލެންސިޔާވަނީ ލީގް ތާވަލްގެތިންވަނައަށް ޖެހިލާފައެވެ. ބާރަ ޕޮއިންޓާއި ތާވަލްގެ ތިންވަނާގައި ވެލެންސިޔާއޮތްއިރު، މިއަދަދަށް ޕޮއިންޓް ލިބި ގޯލްގެ ތަފާތުން ޔުނައިޓެޑް ވިކްޓްރީ އޮތީލީގްގެ ހަތަރުވަނާގައެވެ. މިއަދު ވެލެންސިޔާއާއި ދެކޮޅަށް ކުޅުނު ބީޖީ އޮތީ ލީގްތާވަލްގެ އެންމެ ފުލުގައި ތިން ޕޮއިންޓާއިއެކުގައެވެ. 

ލީގުގައި މިރޭ ކުޅޭ މެޗުގައިވާދަކުރާނީ ކްލަބް އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީއެވެ.