ކުޅިވަރު

ތިންވަނަ މެޗުންވެސް ދިވެހި ޓީމު މޮޅުވެއްޖެ


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ދައުވަތަކަށް ރާއްޖެ އައިސްގެން އުޅޭ ސްރީ ލަންކާގެ ކެންޑީގެ އަކުރާނާ ފްރެންޑްސް ކްރިކެޓް ކުލަބާ ދެކޮޅަށް ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުން ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮއްފިއެވެ.

ކުޅިވަރު އެކުވެނީގައި މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 6 ވިކެޓުންނެވެ.

މެޗުގައި ގުރު ދިމާވުމުން ލަންކާޓީމުން ގަސްތުކުރީ ކުޅުމަށެވެ. ލަންކާ ޓީމުން ކުޅެން އަރާ 42 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 89 ބޯޅައިން 38 ލަނޑު ހެދި މުހައްމަދު އަންސަރު މުހައްމަދު އަލްތާފްއެވެ.

ޖަވާބުގައި ރާއްޖޭގެ ޓީމުން ކުޅެން އަރާ 25 ވަނަ އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 148 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 41 ބޯޅައިން 44 ލަނޑު ހެދި ހާޒިގް ހަސަން ރަޝީދެވެ.

މި މެޗު މޮޅުކުޅުންތެރިޔަކަށް ހޮވިފަވަނީ ރާއްޖެ ޓީމުގެ ހަސަން ސުނާނެވެ. މި ދެޓީމު ވާދަކުރާ އެކުވެރިކަމުގެ ފަހު މެޗު ކުޅޭނީ މާދަމާއެވެ.