ފިއުލް ސަޕްލައިސް މޯލްޑިވްސް، އެފްއެސްއެމް ސްޓެލްކޯ ކައިރީ ޝެޑުގެ ޚިދުމަތްތަކަށް ވަގުތީގޮތުން ބަދަލުތަކެއް ގެނެސްފިއެވެ.
އެޕްއެސްއެމުން ވިދާޅުވީ، މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އީޒީފިލް 01 (ސްޓެލްކޯ) ޝެޑުގައި ހެނދުނު 10:00އިން ފެށިގެން މެންދަމު 01:00އާ ހަމައަށް ޚިދުމަތް ދެމުންދާނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ.
އެފްއެސްއެމުން ވިދާޅުވީ މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ، އީޒީފިލް 01 (ސްޓެލްކޯ) ޝެޑުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ނަމަވެސް މެންދަމު 01:00އިން ފެށިގެން ހެނދުނު 10:00އާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ސައިކަލްތަކަށްވެސް ޚިދުމަތް ދެމުންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
Notice! pic.twitter.com/fp5shJH0OR
— FSM (@FuelSuppliesMv) March 29, 2025
އީޒީފިލް 01 (ސްޓެލްކޯ) ޝެޑުގައި މިގޮތަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާވީނަމަވެސް މާލޭގައި ހުންނަ އެފްއެސްއެމްގެ އެހެން ޝެޑުތަކުން ދަންވަރު 01:00އާ ހަމައަށް ސައިކަލްތަކަށްވެސް ޚިދުމަތް ދެމުންދާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. އަދި ތިލަފުށީގައިވެސް އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުރެއެވެ.