އަތޮޅުތައް

ތިމަރަފުށީގައި ބޭއްވި ޤުރުއާން މުބާރާތާ މަދަހަ މުބާރާތް ނިމިއްޖެ


ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ތިމަރަފުށީ ޔޫތު ސެންޓަރުން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތާއި މަދަޙަކިޔުމުގެ މުބާރާތް ނިމިއްޖެއެވެ.

ތިމަރަފުށީ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ދެ މުބާރަތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެކިވަނަތަކަށް ދިޔަ ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވާފައެވެ.

މި ދެ މުބާރާތުން އެއްވަނަ ޙާޞިލްކޮށްފައި ވަނީ ފާތިމަތު ޝަމްޙާއެވެ. ބަލައިގެން ކިޔުމުގެ ގޮފިން 3 އުމުރު ފުރާއަކަށް ބަހާލައިގެނާއި، ނުބަލައި ކިޔުމުގެ ގޮފިން 3 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގައި 48 ފަރާތުން ބައިވެރިވެފައިވެއެވެ.

4 ޢުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަދަޙަ މުބާރާތުގައި 37 ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މަދަޙަ މުބާރާތުންގެ ބައިވެރިންނަށް މޯލްޑިވިއަން އައިޑަލްއިން ދެވަނައަށް ދިޔަ ޝަލަބީ އިބްރާހީމް ވަނީ އޭނާ އަލަށް ނެރުނު މަދަޙަ ސީޑީ ހަދިޔާކޮށްފައެވެ.