ޚަބަރު

ފަހު ދިހައިގެ ހެޔޮ ދުޢާއާއި ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވައިފި


  • ބަރަކާތްތެރި މަހުގެ ޘަވާބާއި ދަރުމަ ދެއްވުން އެދިވަޑައިގެންވަނީ ދުޢާކުރައްވާފައި

  • ރަމަޟާން މަހުގެ ފަހު 10 އެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައި

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާއާއި ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މިބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމައާއި ޘަވާބު އަޅަމެންނަށް ދެއްވުމަށާއި ފާފަ ފުއްސެވުމާއި ދިންނެވުން ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އަދި މިމައްސަރުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލް ޤަދުރިވިލޭރޭގެ މަތިވެރި ނިޢުމަތް އަޅަމެން އެންމެނަށް މިންވަރުކުރެއްވުން އެދިވެސް ވަނީ ދުޢާކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ފަސޭހަ ވާނޭހެން ސަރުކާރުގެ މުވައްޒަފުންނަށް ފަހު ދިހައެއް ބަންދު ދުވަސްތަކެއްކަމުގައި ހަމަޖައްސަވާފައެވެ.