ޚަބަރު

ތިމަރަފުށީގައި ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ފަށައިފި


ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ތިމަރަފުށީ ޔޫތު ސެންޓަރުން ޤުރުއާން މުބާރާތަކާއި މަދަހަ ކިޔުމުގެ މުބާރާތެއް ފަށައިފިއެވެ.

ތިމަރަފުށީ ޔޫތުސެންޓަރުގައި ކުރިއަށްދާ މި ދެ މުބާރަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ ނިޔަލަށެވެ.

މިމުބާރާތް ކުރިއަށްދާނީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފިންވެސް  3 އުމުރު ފުރާއަކަށް ބަހާލާއިގެންކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން މަޢުލޫމާތުދެއެވެ.

ޖުމްލަ 48 ފަރާތަކުން މިމުބާރާތުގައި ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން ތިމަރަފުށީ ޔޫތު ސެންޓަރުން ކުރިއަށް ކުރިއަށްގެންދާ މަދަހަ ކިޔުމުގެ މުބާރާތް ކުރިއަށްގެންދަނީ 4 އުމުރުފުރައަކަށް ބަހައިލައިގެންނެވެ. މިމުބާރާތުގައި 37 ފަރާތްތަކުން ބައިވެރިވެފައިވެއެވެ.