ޚަބަރު

ޢީދު ސަލާން ކުރެއްވުން މި ފިޠުރު ޢީދުގައިވެސް އޮންނާނެ


1437 ވަނަ އަހަރުގެ ފިޠުރު ޢީދު ސަލާން ކުރެއްވުން މިއަހަރުވެސް ބޭއްވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ފިޠުރު ޢީދު ސަލާން ކުރެއްވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިޠުރު ޢީދު ދުވަހުގެ ހެނދުނު 8:30 އިން 9:30 އަށް އިސްލާމީ މަރުކަޒުގައެވެ.

މި ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަނީ ދަޢުވަތު އަރުވާފައެވެ. އަދި މި ޢީދު ސަލާން ކުރެއްވުމުގައި ޢާއިލާތަކާއެކު ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެދިވަޑައިގަންނަވައެވެ.

އިސްލާމީ މަރުކަޒު ނޫން އެހެން މިސްކިތްތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށްވެސް އިސްލާމީ މަރުކަޒަށް ވަޑައިގެން ޢީދު ސަލާން ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.