ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވަނީ އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއިއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ބަންޑާރަ ކޮށީގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަސާންތު ހާންޑޫވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.