ތަރައްްޤީ

ކާނިވާ ސަރަހައްދުގައިވާ ހުސްބިން ތަރައްޤީކުރާނެ ބަޔަކު ހޯދަނީ


ހެންވޭރު ކާނިވާ ސަރަހައްދުގެ ޑޮލްފިން ކެފޭއާއި، ލިލީސް ކެފޭއާއި ދެމެދުގައިވާ ހުސްބިން ތަރައްޤީ ކުރުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހައުސިންގ މިނިސްޓްރީން ހުޅުއްވާލައްވައިފިއެވެ.

އެގޮތުން ހެންވޭރު ކާނިވާ ސަރަހައްދުގެ ޑޮލްފިން ކެފޭއާއި ލިލީސް ކެފޭއާއި ދެމެދުގައިވާ ހުސްބިން ތަރައްޤީކުރުމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށައެޅުމަށް ހައުސިންގ މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނެއްގައި ވަނީ ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ކާނިވާ ސަރަހައްދުގައިވާ ހުސްބިން ތަރައްޤީކުރުމަށް ފުރަތަމަ އެގްރީމެންޓް ކުރުމަށް ހަމަޖެހިފައިވަނީ ދޮޅު އަހަރުގެ މުއްދަތަކަމަށެވެ. އަދި ޕްރޮޕޯސަލް ބަލައިގަތުމުގައި ދައުލަތަށް ދައްކަންޖެހި، ނުދައްކައި އޮތް އެއްވެސް ފައިސާއެއް ވޭތޯ މި މިނިސްޓްރީން ބަލައްވާނެކަމަށެވެ.

ކާނިވާ ސަރަޙައްދުގައިވާ ހުސްބިން ތަރައްޤީކުރައްވާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ހައުސިންގ މިނިސްޓްރީގެ އެކަމަށް ކަނޑައަޅުއްވާ ކޮމިޓީން، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކުހެއް ލިބޭ ފަރާތަކަށްކަމަށްވެސް ހައުސިންގ މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނުގައިވެއެވެ.