ގްރެނާޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ގަވަރނަރ-ޖެނެރަލް ޑޭމް ސެސީލް ލަ ގްރެނާޑްއާއި އެ ޤައުމުގެ ބޮޑުވަޒީރު ޑިކޮން މިޗެލްއާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގަވަރނަރ-ޖެނެރަލް ލަ ގްރެނާޑްއާއި ބޮޑުވަޒީރު މިޗެލްއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ގްރެނާޑާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ގްރެނާޑާގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.