ހުޅުމާލޭ އެކި ހިސާބުތަކުން ރޭގެ ވަގުތެއްގައި ކަރަންޓު ކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓު މަޝްރޫޢުގެ ތެރެއިން ކުރިއަށްދިޔަ މަސައްކަތެއްގެ ތެރެއިން ކޮނުމުގެ ތެރޭގައި، ހައި-ވޯލްޓޭޖް ކެބަލަކަށް ގެއްލުންވުމުގެ ސަބަބުންކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް 1 އަދި 2 ގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު އަދި ފެން ކެންޑުމުގެ މައްސަލަތަކެއް ރޭގެ އެކި ވަގުތުތަކުގައިވަނީ ކުރިމަތިވެފައެވެ.
ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ހިޔާ ޓަވަރުތައް ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑުމާއި ގުޅިގެން ސްޓެލްކޯއިންވަނީ ކަރަންޓުގެ ޚިދުމަތް އަލުން ދިނުމުގެ މަސައްކަތްކޮށްފައެވެ.
ސްޓެލްކޯއިން ވިދާޅުވީ، ކަރަންޓު ކެނޑިފައިވަނީ ފީޑަރަކަށް ދިމާވި މައްސަލައަކުންކަމަށެވެ. އަދި މިމައްސަލަ ދިމާވި ކަރަންޓު ފޯރުކޮށްދޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމާއި ގުޅިގެންކަމަށެވެ. ސްޓެލްކޯގެ މަސައްކަތުން ވަގުތީގޮތުން ކޭބަލްގެ މައްސަލަ ހައްލުކޮށް ރޭވަނީ ކަރަންޓު ފޯރުކޮށްދޭން ފާށާފައެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން. ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން… pic.twitter.com/AYwDTnoQ6e
— STELCO (@STELCOMALDIVES) January 19, 2025
ކޭބަލަށް ގެއްލުންވެފައިވަނީ ކޮން ސަރަޙައްދަކުންތޯ ބެލުމަށް ކުރިއަށްގެންދިޔަ މަސައްކަތުން ކަރަންޓު ކެނޑެން މެދުވެރިވީ، ފަހި ދިރިއުޅުން ފްލެޓު މަޝްރޫޢުގެ ތެރެއިން ކުރިއަށްދިޔަ މަސައްކަތެއްކުރުމަށް ކޮނުމުގެ ތެރޭގައި، ހައި-ވޯލްޓޭޖް ކޭބަލަށް ލިބުނު ގެއްލުމަކާއި ގުޅިގެންކަމަށް ސްޓެލްކޯއިންވަނީ ވިދާޅުވެފައެވެ.
މިގޮތަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކުން ދުރުވުމަށް އެކި ސަރަހައްދުތައް ކޮނެގެން ކުރިއަށްގެންދާ މަސައްކަތްކުރާ ހުރިހާ ކުންފުންޏަކުންވެސް ކަރަންޓު ވިއުގައިގެ ހިމެނޭ ކޭބަލްތައް އަޅާފައިވާ ސަރަޙައްދުތަކުގައި މަސައްކަތް ކުރުމުގައި އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޭބަލް ހަލާކުވުމުގެ ސަބަބުން ފީޑަރަށް ދިމާވި މައްސަލައާއި ގުޅިގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އަދި ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިގެން ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.