ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށްޓަކައި ދިރާސާކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
'ވޭވް މޮނިޓަރިން ޕްރޮޖެކްޓް'ގެ ނަމުގައި ސްޓެލްކޯއިން ދިރާސާއެއް ފަށާފައިވާއިރު މި މަސައްކަތުގެ ދަށުން ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ފަހުމީ ވިދާޅުވީ މި ދިރާސާއަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލުކުރުމަށްޓަކައި ކުރާ މަސައްކަތެއްކަމަށެވެ.
އެގޮތުން މިއީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް މިހާރު ބޭނުންކުރާ ސޯލާ ހަކަތައިގެ ނިޒާމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރެވިދާނެ ގޮތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކަނޑުގެ އޮއިން ހަކަތަ އުފެއްދުމުގެ ގޮތްތައް ހޯދުމުން ސޯލާއަށްވުރެ އިތުރަށް އެ މަސައްކަތް ފުޅާކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށެވެ.
“Stelco Launches Wave Monitoring Project to Propel Maldives Toward President Dr. Muizzu’s 33% Renewable Energy Goal, Expanding Sustainable Power Beyond Solar Sources”
— Hussain Fahmy (@HussainFahmy09) November 9, 2024
Stelco’s recent initiative to deploy wave monitoring technology marks a significant step forward in the… pic.twitter.com/9a7udxdhoH
ވޭވް މޮނިޓަރިން ޓެކްނޮލޮޖީ ބޭނުންކުރުމަށް ސްޓެލްކޯއިން ފަށާފައިވާ މަސައްކަތަކީ، ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި، ހަކަތައިގެ %33 އިޔާދަކުރަނިވި ހަކަތަށް ހެދުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ކުރެވޭ މަސައްކަތް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަކީ ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށާއި އެއާއެކު ހަކަތައިގެ ސަޕްލައި މިހާރަށްވުރެ ހަރުދަނާގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށެވެ.
މި ދިރާސާގެ އަމާޒަކީ މިހާރު ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ބާވަތްތަކާއެކު، މިހާރަށްވުރެ ހަރުދަނާ އަދި އިތުބާރު ކުރެވޭ ހަކަތައިގެ ގްރިޑެއް އުފެއްދުންކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މި 5 އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރަ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށެވެ. މިކަމަށްޓަކައި "އެނަރޖީ ޕޮލިސީ އެންޑް ސްޓްރެޓެޖީ 2024-2029" މިހާރު ވަނީ އާންމުކޮށްފައެވެ.
އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު އިތުރު 160 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމު ޤާއިމްކުރައްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވެއެވެ.