ޚަބަރު

މޫދަށް އެރި އުޅެނިކޮށް ގެއްލުނު 2 މީހުން ފެނިއްޖެ


މާލެ އަތޮޅު އެނބޫދޫ ފިނޮޅު ކައިރިއަށް މަސް ހިފަން ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ 2 މީހުން ފެނިއްޖެއެވެ.

މި ދެމީހުން ފެނިފައިވަނީ މިއަދު މެންދުރުފަހު 14:45 ހާއިރު އެނބޫދޫ ފިނޮޅުގެ އިރުއުތުރުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންނަށް މި ދެމީހުން ފެނުނުއިރު އެމީހުން ތިބީ ފެންމަތީގައިކަމަށާއި، އެދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.