ޚަބަރު

އެނބޫދޫ ފޮނޮޅު ކަނޑުއޮޅި ކައިރިއަށް ފޭބި ދެމީހަކު ގެއްލިއްޖެ


އެނބޫދޫ ފިނޮޅު ކަނޑުއޮޅި ކަންމައްޗަށް މަސް ހިފަން ފޭބި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިހާދިސާގައި ޚަބަރެއްނުވެގެން ހޯދަމުންދަނީ ދެ ދިވެހިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި މި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:40 އެހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި މީހުން ކަނޑަށް ފޭބިސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވާ މި ދެ މީހުނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަންބަރު 191 ގުޅުއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.