ކާނާ

ރަމަޟާން ސުފުރާ: އީޒީ ޗީޒީ ފްރިޓާޓާ


އީޒީ ޗީޒީ ފްރިޓާޓާ

ފްރިޓާޓާއަކީ އާދައިގެ ބިސްގަނޑެއް އެޅުމަށް ވުރެން ބާވަތްތައް ގިނަ ކޮށްލާފަ، މީރުކޮށް ހަދާލެވޭ ފަސޭހަ އެއްޗެކެވެ. މި އީޒީ ޗީޒީ ފްރިޓާޓާއަށް އަޅާ އެއްޗެހި އަމިއްލަ މީރު އެއްޗެއްސަށް ބަދަލްވެސް ކޮށްލެވިދާނެއެވެ.

އީޒީ ޗީޒީ ފްރިޓާޓާ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

2 ސްޕްރިންގް އޮނިއަން (ނޫނީ ފިޔާވެސް ބޭނުން ކުރެވިދާނެ) ކޮށާފައި

4 ސަމުސާ ގްރީން ޕީސް

1 ޒޫޗީނީ

ޗިކަން ނުވަތަ ބީފް ސަލާމީ (ނުލިބިއްޖެ ނަމަ ލަންޗަން މީޓް) ކުދިކޮށް ކޮށާފައި

100ގ ފެޓާ ޗީޒް

4 ބިސް

އެކްސްޓްރާ ވާރޖިން އޮލިވް އޮއިލް

ލޮނު/ އަސޭމިރުން



ތައްޔާރުކުރާނެ ގޮތް

1 – ފުރަތަމަ އަވަން 180 ޑިގްރީއަށް ޖައްސާ ހޫނު ކުރައްވާށެވެ.

2-  ގްރީން ފީސް، ޒުޗީނީ، ސްޕްރިންގް އަނިއަން، ލޮނު އަދި ސަލާމީ ބޯތައްޓެއްގައި އެއްކޮލާނީއެވެ. އަދި އޭގެ ތެރެއަށް ފެޓާ ޗީޒް ކޮޅުއަތުން ފުނޑުކޮއްލާ އަޅާފަ މިކްސްކޮށްލުމަށް ފަހު 4 ބިސް މީގެ ތެރެއަށް އަޅާލާ އެއްކޮއް ގިރާލާށެވެ. މިއަށްފަހު 16 ސެންޓިމީޓަރުގެ ވަށް ޓްރޭއެއްގައި ތެޔޮ އުގުޅާލުމަށްފަހު މިކްސްކުރި ތަކެތި ޓްރޭ ތެރެއަށް އަޅާލާފައި އަވަނަށްލާ 30 މިނެޓް ވަންދެން ނުވަތަ ބިސްތައް ރޯފިލަންދެން ފިހެލާށެވެ. ފިހެ ނިމުމުން ފްރިޓާޓާ މައްޗަށް އަސޭމިރުސް ކޮޅެއް ބުރުއްސާލާށެވެ.



*ޓިޕްސް

ފްރިޓާޓާ އާއިއެކު ޓޯސްޓް ކުރި ޕާންވެސް ކެވިދާނެއެވެ.