ޚަބަރު

ޤަވާއިދާ ޚިލާފަށް ކުރުނބާ އެޅި ބަޔަކު ހައްޔަރުކޮށްފި


ލ.ގާދޫއިން ޤަވާއިދާ ޚިލާފަށް ކުރުނބާ އަޅަމުން ދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާއި ގުޅިގެން ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ 2 މީހުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ލ.ގާދޫއަށް ގޮހެވެ.

މި މައްސަލާގައި ލ.ގާދޫ ބެލިބެލުމުން ޤަވާއިދާ ޚިލާފަށް އަޅާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކުރުބާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.