ޚަބަރު

އިސްލާމީ މަރުކަޒުގައި ތަފްސީރު ކްލާސްތަކެއް ފަށަނީ


  • ކީރިތި ޤުރްއާނުގައިވާ އެކިއެކި ސޫރަތްތަކުގެ ތަފްސީރު ކިޔައިދެވޭނެ

އިސްލާމީ މަރުކަޒުގައި ސިލްސިލާ ތަފްސީރު ކުލާސްތަކެއް ފަށަން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ތަފްސީރު ކުލާސްތައް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި ކްލާސްތައް ނަންގަވައިދެއްވާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ތަފްސީރު ކުލާހުގައި ކީރިތި ޤުރްއާނުގައިވާ އެކިއެކި ސޫރަތްތަކުގެ ތަފްސީރު ކިޔައިދިނުމުގައި ވަކި ކަންތައްތަކަށް އަލި އަޅުވާލެވޭނެކަމަށެވެ. އެގޮތުން އާޔަތްތައް ބާވައިލެއްވުނު ސަބަބާއި އާޔަތްތަކާގުޅޭ ޙާދިޘާތަކަށް އަލިއަޅުވާލުމާއި މާތް ﷲގެ ވަޙީބަސްފުޅުތަކުން ލިބޭ ޢިބުރަތްތައް ކިޔައިދިނުމާއި ފިޤުހީ ޙުކުމްތަކާގުޅޭ އާޔަތްތަކަށް ފިޤުހީ ނަޒަރަކުން ބެލުމުގެ އިތުރުން މާތް ﷲގެ ވަޙީބަސްފުޅުތައް އަހަރެމެންގެ އާންމު ދިރިއުޅުމާ ގުޅޭ ގޮތް ކިޔައިދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު ސިލްސިލާ ތަފްސީރު ކްލާސްތައް އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ނެންގެވުމަށް ހަމަޖެހިފައިވާއިރު، އިސްލާމް ދީނާއި ގުޅޭ މައުލޫމާތު ފަތުރައި، ދީން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.