މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުން މުހިއްމުކަމަށެެވެ.
އަދި މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކުންވެސް މިދުވަސްވަރު ސަމާލުވުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
In light of the adverse weather conditions, the Ministry strongly advises all personnel to exercise caution on all construction sites and to ensure safety precautions to secure objects from falling due to high winds to prevent any incidents.
— Ministry of Construction and Infrastructure (@MoCImv) August 13, 2024
Furthermore, we urge both pedestrians…
މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހެމުން ދިއުމާ ގުޅިގެން މާލޭގެ ބޮޑު ސަރަޙައްދެއްގައިވަނީ ފެންބޮޑުވެފައެވެ. އެހެންކަމުން ފެން ހިނދި ޢާއްމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.