ޚަބަރު

ރާއްޖެއިން ސްރީލަންކާއަށް ފައިސާގެ ރަމްޒީ އެހީއެއް ވެދެއްވައިފި


ސްރީލަންކާއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކާ ގުޅިގެން، ޙާލުގައި ޖެހުނު މީހުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ފައިސާގެ ރަމްޒީ އެހީއެއް ދެއްވައިފިއެވެ.

މި ރަމްޒީ އެހީ ސްރީލަންކާ ސަރުކާރާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ފޮނުއްވި ޚާއްޞަ މަންދޫބު، މިނިސްޓަރ އޮފް އިކްނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގަތީ، އެ ޤައުމުގެ މިނިސްޓަރ އޮފް ޑިޒާސްޓަރ މެނޭޖްމަންޓް މިސްޓަރ ޕްރޮޔާދަރްޝަނާ ޔަޕާއެވެ. މިކަން އޮތީ މިއަދު ސްރީލަންކާގެ ޑިޒާސްޓަރ މިނިސްޓްރީގައެވެ.

img:http://s1.psmnews.mv/images/660x400/14639914568057.jpg|ދިވެހި ސަރުކާރުގެ ފަރާތުން ދެއްވި ފައިސާގެ ރަމްޒީ އެހީ ސްރީލަންކާގެ މިނިސްޓަރ އޮފް ޑިޒާސްޓަރ މެނޭޖްމަންޓާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކާ ގުޅިގެން، ޙާލުގައި ޖެހުނު މީހުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ދިން ފައިސާގެ ރަމްޒީ އެހީ ޝްރީލަންކާ ސަރުކާރުގެ ފަރާތުން ޝުކުރުވެރިކަމާއެކު ބަލައިގެންނެވިކަމަށް އެޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވިދާޅުވިއެވެ.

ފާއިތުވެދިޔަ ތިންހަތަރު ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ބަޔަކު މަރުވެފައިވެއެވެ. އަދި މިޙާދިސާގައި އެތައްހާސް ބަޔެއްގެ ގެދޮރު ގެއްލިފައިވެއެވެ.