ޓުއަރިޒަމް

ޗައިނާއާއެކު ވިޔަފާރިއާއި ޘަޤާފީ ގުޅުން އިތުރަށް ބަދަހިކުރަނީ


ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި ޘަޤާފީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ޤާއިމްކޮށްފައިވާ "މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. 

ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކުރެވުނު "މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން" އަކީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށްޓަކައި، ދެ ޤައުމުގެ ސަރުކާރު ގުޅިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މިޖަމްއިއްޔާ ރަސްމީކޮށް އިފްތިތާޙު ކުރެއްވުމަށް ބިލަބޮންގ ހައި ސްކޫލްގައި ބޭއްވިރަސްމިއްޔާތުގައި ވަނީ، ރާއްޖެއާ ޗައިނާއާ ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށްއަލިއަޅުވާލާ ޚާއްސަ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާދީފައެވެ. 

img:http://s4.psmnews.mv/images/660x400/14635964124793.jpg|މޯލްޑިވްސް، ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ޖަމްއިއްޔާގެ ފަރާތުންމިހާތަނަށް ހިންގާފައިވާ ކަންކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން މާފަންނުދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ، ޗައިނާ ބަސް ދަސްކޮށްދިނުމަށްވެސް ތަފާތު ކޯސްތަކެއް މިޖަމްއިއްޔާއިން ހިންގާފައިވާނެކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން އިތުރަސް ވަރުގަދަ ކުރުމަށް ޖަމްއިއްޔާއިން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ފުކާންގއާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.