ޚަބަރު

ސިފައިންގެ ތަމްރީނުތަކެއް ރާއްޖޭގެ 12 ސަރަހައްދެއްގައި


  • ތަމްރީނުތައް ކުރިއަށް ގެންދާނީ ހަތިޔާރާއިއެކު

  • ލައިވް ވަޒަން އަދި ގޮވާޒާތުގެ އެއްޗެ ތަމްރީނުތަކުގައި ބޭނުން ނުކުރާނެ

ޤައުމީ ދިފާޢީ ބާރުން ރާއްޖޭގެ 12 ސަރަހައްދެއްގައި ހަތިޔާރާއެކު ޚާއްސަ ތަމްރީނުތަކެއް ފަށައިގެން ކުރިއަށްގެންދާކަން ހާމަކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާއިން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، އިއްޔެއިން ފެށިގެން މިމަހުގެ 12 އަށް ކުރިއަށް ގެންދާ ތަމްރީނުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއެކުގައި ކަމަށެވެ. ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ތަމްރީނުތައް ރާއްޖޭޣެ އެންމެ އުތުރުން ފެށިގެން މާލެ ސަރަޙައްދުތައް ހިމެނޭހެން ޖުމްލަ 12 ސަރަހައްދެއްގައި ކުރިއަށްގެންދެއެވެ. އެއީ

1- ހއ. އުލިގަމާއި ތުރާކުނާއި ދޭތެރޭ ކަނޑުގެ ސަރަހައްދު 2- ހއ. ހޯރަފުށި 3- ހއ. ބެރިންމަދޫ 4- ހދ. ހަނިމާދޫ 5- ހދ. ކުޅުދުއްފުށި ސިޓީ 6- ޅ. ފެލިވަރު 7- ޅ. މާފިލާފުށީ 8- ރ. މާކުރަތު 9- ބ. ގޮއިދޫ 10- ކ. މާލޭ (ހާބަރު) 11- ހުޅުލޭ ސީޕްލޭން ޓާމިނަލް 12- ކ. ގިރިފުށި

އެމްއެންޑީއެފްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤަވާއިދުން ތަމްރީނުތައް ކުރިއަށް ގެންދެއެވެ. އަދި ތަމްރީނުތައް ކުރިއަށް ގެންދާއިރު، އާންމު ސަރަހައްދުތަކުގައި ތަމްރީނެއް ކުރިއަށްދާނަމަ އެކަން އިއުލާން ކުރެއެވެ.