ޚަބަރު

ހަތަރު ރަށެއްގެ ކޯޓުތަކުގެ ފަނޑިޔާރުން އެހެން ރަށަކަށް ބަދަލުކޮށްފި


  • މިގޮތަށް ނިންމެވީ ފަންޑިޔާރުން އަމިއްލަފުޅަށް އެދިގެން

  • މިމަހުގެ އެކަކުން ފެށިގެން މި ނިންމުން ވަނީ ތަންފީޒުކޮށްފައި

ހަތަރު ރަށެއްގައި މަސައްކަތް ކުރައްވަމުން ގެންދެވި ފަނޑިޔާރުން އެހެން ރަށަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަދަލުކުރައްވައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމެވީ މި ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން، މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޭއެސްސީގެ މި ނިންމުން ތަންފީޒުކުރައްވާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީން ގެންނަން ނިންމާފައިވާ ބަދަލުތައް:

• ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފް، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް

• ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ޔަސަޢު، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް

• ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު އަރީޖް، ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް

• ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ނަޛީރު މުޙައްމަދު، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް

ޖޭއެސްސީން މި 4 ފަނޑިޔާރުން ބަދަލު ކުރަން ނިންމާވާފައިވަނީ މިދިޔަ ޖޫން މަހުގެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.