ޚަބަރު

ޗައިނާ ޔުރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޑރ. ޝަހީމް ފުރާވަޑައިގެންފި


  • މިދަތުރުފުޅުގައި ޗައިނާގެ މުހިންމު މިސްކިތްތަކަށް ވަޒީރު ޒިޔާރަތްކުރައްވާނެ

ޗައިނާ ޔުރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ. ޗައިނާ ޔުރޭޝިއާ އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައެވެ.

މިއެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 28 ނިއަލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާޢު އަބްދުލްހަކީމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.