ޚަބަރު

ހަންގޭރީއަށް މޮޅުވުން ހައްގު: ރޮސީ


ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި ރޭ ސްކޮޓްލެންޑް އަތުން 0-1 އިން މޮޅުވި މެޗަށްފަހު ހަންގޭރީގެ ކޯޗު، މާކޯ ރޮސީ ބުނީ، މުޅި މެޗުގައި ސްކޮޓްލެންޑުން ގިނަވަގުތު ބޯޅަ ގެންގުޅުނަމަވެސް ހަންގޭރީ އަށް މޮޅުވުން ހައްގު ކަމަށެވެ.

ރޮސީ ބުނީ، ފުރަތަމަ ހާފުގައި ސްކޮޓްލެންޑުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ކަމަށާއި، ފަހު ހާފުގައި އެންމެ ރަނގަޅަށް އެކަން ދެމެހެއްޓޭގޮތެއްނުވިއިރު، މުޅި މެޗުގައި ދެ ޓީމު ފެނިގެންދިޔައީ ވަރަށް އެއްވަރުކޮށް ކަމަށް ބުނެވިދާނެ ކަމަށާއި، އެކަމަކު ގިނަ ފުރުޞަތުތައް ލިބުނީ އޭނާގެ ޓީމަށް ކަމަށެވެ.

ހުރިހާ ގޮތަކަށް ބެލިޔަސް ސްކޮޓްލެންޑުން މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެ މެޗުގައި އޭނާގެ ޓީމުން ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްކުރި ކަމަށް ވެސް ރޮސީގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި ރޮސީ ބުނީ، މެޗުގެ އޮއިވަރު ދިޔަ ގޮތުން، ސްކޮޓްލެންޑަށާއި އޭނާގެ ޓީމަށް ވެސް އިތުރު ގޯލްތައް ޖެހުނީސް ކަމަށެވެ.

ހަންގޭރީގެ ޑިފެންޑަރު، އެންޑްރޭ ބޮޓްކާ ބުނީ، ކުރިންވެސް ބެލެވިފައި އޮތް ގޮތަށް މެޗުގައި މާގިނަ ގޯލްތަކެއް ފެނިގެންގޮސްފައިނުވާ ކަމަށެވެ.

ދެ ޓީމުގެ ޑިފެންސް ވެސް ފެނުނީ ވަރަށް އޯގަނައިޒްކޮށް ކަމަށާއި، ފަހު ދިހަ މިނެޓަށްދިޔައިރު ގެއްލޭނެ އެއްޗެއް ނެތުމުން ކޮންމެވެސް ޓީމަކުން ލަނޑެއް ކާމިޔާބުކުރަންޖެހުނީ ކަމަށެވެ.

ހަންގޭރީ ޓީމަށް ކާމިޔާބު ލިބުމުގެ ފަހަތުގައި އޮތީ ރަނގަޅަށް ޑިފެންސްކޮށް ކުރި ބުރަ މަސައްކަތްކަމަށް ވެސް ބޮޓްކާ ބުންޏެވެ.