ކުޅިވަރު

މަދުވީ ހުނަރާއި ތަޖުރިބާ: ޖޯޖިއާގެ ކޯޗު


"
މިއީ ފުޓްބޯޅަ އާއި ޖަޒުބާތުތަކަށް ހާއްސަކޮށް ބިނާކޮށްފައިވާ ސްޓޭޑިއަމެއް،
ޖޯޖިއާގެ ކޯޗު، ވިލީ ސެނިއޯލް

ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ރޭ ތުރްކިޔޭ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖޯޖިއާގެ ކޯޗު، ވިލީ ސެނިއޯލް ބުނީ، އޭނާގެ ޓީމަށް އެ މެޗުގައި މަދުވީ ހުނަރާއި ތަޖުރިބާ ކަމަށެވެ.

އަދި މި ކަންތައްތަކަކީ އިތުރު މުބާރާތްތަކުގައި ކުޅެގެން ލިބޭނެ ކަންކަމުގެ ގޮތުގައި ސެނިއޯލް ފާހަގަކުރިއެވެ. އެގޮތުން، މިފަދަ ގިނަ މެޗުތައް ކުޅެ، އޭނާގެ ޓީމު މިހާރަށްވުރެ ކުޅުން ރަނގަޅުވާނެ ކަމަށް ވެސް ސެނިއޯލް ބުންޏެވެ.

ސެނިއޯލް ބުނީ، މެޗުން ބަލިވިނަމަވެސް އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާން ޖެހޭ ކަމަށެވެ. އިދިކޮޅު ތުރްކިޔޭ ޓީމާ އެއްވަރަށް އޭނާގެ ޓީމުން ލަނޑުޖަހާނެ ފުރުޞަތު ތަނަވަސްކޮށްފައިވާ ކަމަށް ސެނިއޯލް ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖޯޖިއާ ދެން ކުޅޭ މެޗުގައި މި މަހުގެ 22 ވާ ހޮނިހިރު ދުވަހު ނިކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.