ކުޅިވަރު

މިއީ ހައްގު ބައްޔެއް ނޫން: ޓެޑެސްކޯ


"
ލުކާކޫއަށް އެނގޭނެ ލަނޑުޖަހަން، އޭނާ އަކީ މެންޓަލީ ވަރަށް ވަރުގަދަ ކުޅުންތެރިއެއް
ޑޮމެނިކޯ ޓެޑެސްކޯ

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ސްލޮވާކިއާ އަތުން 1-0 އިން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ބުނީ، މެޗުން ބަލިވިޔަސް އެކަން ހައްގުނޫން ކަމަށެވެ.

އެކަމާ ވަރަށް ބޮޑަށް ދެރަވެ، މާޔޫސްވެފައިވާ ކަމަށާއި، މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް އޭނާގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށް ޓެޑެސްކޯ ބުންޏެވެ.

ޓެޑެސްކޯ ބުނީ، ރޭގެ މެޗުގައި ރަނގަޅު ކުރެވިދާނެ މާގިނަ ކަންތައްތަކެއް އޭނާގެ ޓީމުގެ ކުޅުންތެރިންގެ ގާތުގައި ކިޔާދީފައި ނެތް ކަމަށެވެ. އެކަމަކު، މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުންހިފަންވާނެ ކަމަށާއި، ސްލޮވާކިއާ އިން ޖެހި ލަނޑު އެއީ ވަދެގެންވާނެ ގޯލެއް ނޫން ކަމަށް ޓެޑެސްކޯ ފާހަގަކުރިއެވެ.

ބެލްޖިއަމް ޓީމުގެ ފޯވާޑް، ރޮމެލޫ ލުކާކާއާ ބެހޭގޮތުން ޓެޑެސްކޯ ބުނީ، އޭނާ އެނބުރި އަންނާނެ ކަމަށާއި، އޭނާގެ ކޮލިޓީއާ މެދު ޝައްކެއް ނެތް ކަމަށެވެ.

ޓެޑެސްކޯ ނިންމާލަމުން ބުނީ، އޭނާގެ ޓީމުން ތަނަވަސްކުރި ފުރުޞަތުތައް ނިންމާލެވުނުނަމަ ރޭގެ މެޗު ފަސޭހަވީސް ކަމަށެވެ.

މުބާރާތުގައި ބެލްޖިއަމަށް ދެން އޮތީ ރޮމޭނިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.