ޚަބަރު

ދިރާގުގެ ޓެސްލާ ކާރު ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް، މުސްތަފާ މުޙައްމަދު


  • ކާރު ލިބޭ ފަރާތް ހޮވާފައިވަނީ ދިރާގު އީދު ޝޯގެ ތެރެއިން

  • މި ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރުމަހު

  • ޕްރޮމޯޝަންގެ ކާރު ވަނީ ކުރިން ދައްކާލާފައި

ދިރާގު 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

ޓެސްލާ ކާރު ލިބޭ ފަރާތް ހޮވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ދިރާގު އީދު ޝޯގެ ތެރެއިންނެވެ.

'ވިން އަ ޓެސްލާ' ޕްރޮމޯޝަނަކީ ދިރާގުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެކުނުފުނިން ލޯންޗުކުރި ހަރަކާތެކެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯ ދިރާގު އީދު ޝޯގެ ތެރެއިން ބާއްވާފައިވާއިރު، ލަކީ ޑްރޯއިން ޓެސްލާ ކާރު ލިބުނީ މުސްތަފާ މުޙައްމަދަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ކަންތައްތައް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށްޓަކައި މިނިވަން އޮޑިޓަރެއް ކަމުގައިވާ ކްރޯ މޯލްޑިވްސްއާއި ގުޅިގެން މަސައްކަތްކޮށްފައިވާކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ފެށި މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގު ކަސްޓަމަރުން ވަނީ 31 ޖަނަވަރީ 2024ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވުމަށް ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި 17 ޖޫން 2024 އާ ހަމައަށް މަޑުކުރަންޖެހެއެވެ. މީގެއިތުރުން މި މުއްދަތުގެ ތެރޭގައި ސަބްސްކްރައިބްކޮށްފައިވާ ޕްލޭންތައް ކަސްޓަމަރުންނަށް އަޕްގްރޭޑްވެސް ކުރެވެންއޮތްކަން ދިރާގުން ފާހަގަކުރިއެވެ.

މި ޕްރޮމޯޝަން ނިމުމުގެ ކުރިން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ އިނާމު ގޮތުގައި ދޭން ނިންމި ޓެސްލާ ކާރު އާންމުނަށް ދައްކާލާފައެވެ.