ޚަބަރު

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފި


  • މިއީ މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި ގެނެސްފައިވާ ބަދަލެއް

  • ދާދިފަހުން ޑީސަލް ލީޓަރެއްގެ އަގުވަނީ 13.92 ރުފިޔާއަށް ހެޔޮކޮށްފައި

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި ގެނެސްފައިވާ ބަދަލެކެވެ.

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުގެ އަގަށް ހެޔޮކޮށްފައިވާއިރު، މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ޚާއްސަ އަގެއްގައެވެ.

ދާދިފަހުން އެސްޓީއޯއިންވަނީ ރާއްޖޭގައި ވިއްކާ ފެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފައެވެ. މި ބަދަލާއިއެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.98 ރުފިޔާއެވެ. އަދި ޑީސަލް ލީޓަރެއްގެ އަގުވަނީ 13.92 ރުފިޔާ ހެޔޮކޮށްފައެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށްޓަކައި މަސްވެރިންނަށް ހުޅުމާލެއިން ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފާވާއިރު، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.