ޚަބަރު

މާފުށީ ލޯންޗެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ނިވާލައިފި


  • މި ޙާދިސާ ހިނގީ މިއަދު މެންދުރު 12:34 ހާއިރު

  • ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

ކ.މާފުށީ ގޮނޑުދޮށުގައި އެހެލައިފައި އޮތް ލޯންޗެއްގައި ރޯވި އަލިފާނގަނޑު އެމްއެންޑީއެފް ފަޔަރ ފައިޓަރުން ނިވާލައިފިއެވެ.

މި ލޯންޗުގައި ރޯވިކަމުގެ މަޢުލޫމާތު މާފުށި ފަޔަރ ސްޓޭޝަނަށް ލިބުނީ މެންދުރު 12:34 ހާއިރު ލިބުމާއެކު، އެ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 12:46 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އެ ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ލޯންޗުގެ ގެގަނޑު ވަނީ އެއްކޮށް އަނދާފައެވެ.