ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި


  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މިހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ

  • މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އާދީއްތަދުވަހު

ދެކުނުގެ އަތޮޅެއްގައި ހިމެނޭރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުުގައި ބަހައްޓަން ކޯޓުން އަމުރު ނެރެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތައް ބަލަމުންދަނީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ކަމަށެވެ. ކުޑަކުދިންގެ މައްސަލަތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުއްޖާގެ ރައްކާތެރިކަމަށް ވަނަވަރު ހާމައެއް ނުކުރެއެވެ.