ޚަބަރު

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް


  • ޖިންސީ ގޯނާ ކޮށްފައިވަނީ 12 އަހަރުގެ އަންހެން ކުއްޖަކަށް

ދެކުނު ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވީ ގއ، ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގެ ތެރެއިން ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެ އިދާރާއަށް ހުށަހެޅީ މި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ބަލަމުންދަނީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ކަމަށެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުއްޖާގެ ރައްކާތެރިކަމަށް ވަނަވަރު ހާމައެއް ނުކުރެއެވެ.