ޚަބަރު

އަޒާން ގޮނޑި ކާމިޔާބުކޮށް، ޕީއެންސީން އައްޑޫގެ މެޖޯރިޓީ ހޯދުމާއި ގާތަށް


  • އައްޑޫގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު ބޮޑު

ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒާން ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ހިތަދޫ މެދު ދާއިރާގެ ހުރިހާ ގިނަ ވޯޓް ފޮށިތައް މިހާރު ވަނީ ގުނާ ނިމިފައެވެ. ހުރިހާ ފޮއްޓަކުން ކުރި ހޯދާފައި ވަނީ އަޒާނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަޒާންއަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރަމުން ދިޔަ ބައެއް ކަންކަމުގެ ތަފްސީލީ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވުމުގައި އިސް ދައުރެއް އަދާކުރި ނޫސްވެރިއެކެވެ.

އިންތިހާބުގައި އަޒާނާޢި ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝުއާއުއެވެ.

ހިތަދޫ މެދު ދާއިރާގެ ގޮނޑި އަޒާން ކާމިޔާބު ކުރެއްވިއިރު، މިފަހަރު އައްޑޫގެ ގިނަ ގޮނޑިތައް ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ..