ވިޔަފާރި

ފުރަތަމަ ކުއާޓަރގައި ދިރާގަށް ލިބުނު އާމްދަނި %10 އިތުރުވެއްޖެ


މިދިޔަ އަހަރުގެ ފަހު ތިންމަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭގައި ދިރާގަށް ލިބުނު އާމްދަނީ ދިހައެއް އިންސައްތައަށް އިތުރުވެފައިވާކަމަށް ދިރާގުން ހާމަކޮށްފިއެވެ.

ދިރާގުން ހާމަކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިންމަހުގެ ރިޕޯޓުގައި ވާގޮތުން މި އަހަރުގެ ފުރަތަމަ ތިންމަސް ދުވަސް ނިމުނުއިރު، ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 164 މިލިއަން ރުފިޔާއެވެ. މިއީ، ދިރާގުގެ މޯބައިލް ޑާޓާ، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް އަދި ހައި ސީޒަނަލް ރޯމިންގގެ ސަބަބުން އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެއްކަމަށް ދިރާގުން ބުނެއެވެ. އަދި މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި ދުއިސައްތަ ފަންސާސް ފަސް  މިލިއަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ،ވެސް ނިމިގެންދިޔަ އަހަރުގެ ފަހު ތިންމަހާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެއްކަމަށް ދިރާގުން ފާހަގަކޮށްފައިވެއެވެ.