ދުނިޔެ

އިނގިރޭސި ޚާރިޖީ ވަޒީރު ކިއުބާއަށް ވަޑައިގެންފި


އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހެމޮންޑް ކިއުބާގެ ވެރިރަށް ހަވާނާއަށް ވަޑައިގެންފިއެވެ. 

މިއީ ކިއުބާއާއި އިނގިރޭސިވިލާތުގެ ގުޅުންތައް ރަނގަނޅުކޮށް ދެގައުމުގެ ދެމެދުގައި އިޤްތިޞާދާއި ވިޔަފާރީގެ މުޢާމަލާތުތައް އިތުރުކުރުމާ ބެހޭގޮތުން ކިއުބާގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އޭނާ ކިއުބާގެ ޚާރިޖީ ވަޒީރު ބްރުނޯ ރޮޑްރިގޭޒްއާއި އަދި ކިޔުބާގެ ބައެއް އިސް މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކިއުބާގެ ރައީސް ރައޫލް ކާސްޓްރޯއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

ހެމޮންޑްގެ މިދަތުރުފުޅުގައި ދެގައުމުގެ މަސްއޫލުވެރިން، އިޤްތިސާދާއި ވިޔަފާރިއާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެކަމަށް ޚަބަރުލިބެއެވެ.