ޚަބަރު

މާލޭ ގެއެއްގެ ޓެރަހަކުން ޖެހިގެންހުރި ގޭގޭ ޝީޓް މައްޗަށް މީހަކު ވެއްޓި، ހާލު ސީރިއަސް


  • ވެއްޓުނު މީހާގެ ހާލު ސީރިއަސް

  • މިހާދިސާގައި ވެއްޓުނީ 37 އަހަރުގެ ދިވެހި ފިރިހެނެއް

މާލޭގެ ގެއަކުން ޖެހިގެންހުރި ގޭގެ ޝީޓް މައްޗަށް ވެއްޓުނު މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގެ ޓެރެސްއިން ޖެހިގެން އިން ހުރި ހަދަމުންދާ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގެ ޝީޓުމަށްޗަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިރޭގެ ވަގުތެއްގައި ލިބިފައިވާކަމަށާއި އެއީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އެމީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ ތަރުޖަމާން ވިދާޅުވީ އެ މީހާގެ ހާލު ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤްކުރަމުންނެވެ.