ޚަބަރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިން ޒިޔާރަތްކުރި އަދަދުވީ އިތުރު: ވަޒީރު


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ޒިޔާތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 15.1 އިންސައްތަ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މި ތަފާސްހިސާބުތައް ހާމަކުރައްވާފައި މިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދުތައް ދަށްވެފައިވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތައް ސޯޝަލް މީޑިއާގައި ޙިއްސާކުރައްވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، މި އަހަރުގެ މާރިޗް މަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 15.1 އިންސައްތަ އިތުރުވެފައިވާކަމަށާއި އޮކިއުޕަންސީ، މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުވެސް މިދިޔަ އަހަރުގެ އެމުއްދަތާ އަޅައިބަލާއިރު އިތުރުވެފައިކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 596،724 ފަތުރުވެރިންނެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރްތްކުރީ 518،347 ފަތުރުވެރިންނެވެ.

ވަޒީރު މި ތަފާސްހިސާބުތައް ހާމަކުރައްވާފައި މިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދުތައް ދަށްވެފައިވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިމަހުގެ މިހާތަނަށްވެސް ވަނީ 148000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާރޗުމަހުގެ މި މުއްދަތާއި އަޅާ ބަލާއިރު 7.6 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބެމުންދާއިރު، މިދިޔަމަހު ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6186 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެއެވެ.