ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެވަޑައިގެންފި


  • ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 21 ގައި

  • 3 ދުވަހުގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 21 ވަނަ ދުވަހުއެވެ.